ޚަބަރު
ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރު-ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފަރުދުން
11 ޑިސެމްބަރު 2025، 11:55
11 ޑިސެމްބަރު 2025، 11:55
ރާއްޖޭގައި ހެލިކަޕްޓަރު އޮޕަރޭޓްކުރުމަށް ބޭނުންވާ މީހުން ހޯދުމަށް މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން އެއްވެސް ބަޔަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 26 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް އެވުޒާރާގެ އިޢުލާނުގައި ވެއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް ހުޅުވާލާފައިވަނީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމާއި، ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުމަށެވެ. ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އޮގަސްޓު މަހު އެވެ. ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު އިއްޔެ އަނެއްކާ ވެސް އެ މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެވެ.
ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އެ ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.