Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައި/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ޑިސެމްބަރު 2025، 05:24

11 ޑިސެމްބަރު 2025، 05:24

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ޓްރެފިކް މެނޭޖުކުރުމަށާއި ރައްޔިތުންނަށް މަގުތައް އަމާންތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރުގައި ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާއިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދު ނިމުމާއިއެކު، ރައްޔިތުންނަށް ކުރިމަތިވެގެންދާ ތަކުލީފުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެ ސަރަޙައްދު ޢާންމުގެ ބޭނުމަށް ހުޅުވާލާފަ އެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު ޤާއިމުކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޖުމުލަ އަގަކީ 144.6 މިލިއަން ރުފިޔާއެވެ. 455 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން މަގުގެ އުތުރު ފަރާތުން ފުޅާކޮށް 4 ލޭނު ބިނާކުރާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަޙައްދާއި ޖެހެންދެން 830 މީޓަރުގެ ދިގުމިން ހުންނަ ސަރަޙައްދެއްގައި ތާރު އަޅާނެއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާރު ހެދުމާއި ރޯޑް މާކިންގ ކުރެހުމުގެ އިތުރުން ސައިންބޯޑުތައް ހަރުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ބިނާކުރާ މަގު ހުންނާނީ ޒަމާނާއި އެއްފަދައިން ފެން ހިންދާ ނިޒާމަކާއި އެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން