ޚަބަރު
މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ފުލުހުންނަށް ކިޔަމަން ނުވުމުން ބަޔަކު ހައްޔަރުކޮށްފި
މަސްވެރިންގެ މުޒާހަރާހެ ގެތެރެއިން---
ފަރުދުން
11 ޑިސެމްބަރު 2025، 10:47
11 ޑިސެމްބަރު 2025، 10:47
ބުރާސްފަތި ދުވަހުން ފެށިގެން މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ފުލުހުންގެ އަމުރުތަކަށް ކިޔަމަން ނުވުމުން، އެ އިހުތިޖާޖުން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ، އިހުތިޖާޖުގައި ބައިވެރިވި ބިދޭސީންގެ މަޢުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
އެގޮތުން އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުން ދިއުމުން އެ މީހުންގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއެކު ފުލުހުން އިހުތިޖާޖުގައި ބައިވެރިވާ ދޯނިތަކަށް އެރުމުން، އެ މަސައްކަތަށް މަސްވެރި ޔޫނިއަނުން ދެކޮޅު ހަދައި ހުރަސް އަޅާފައި ވުމެވެ.
އަދި ފުލުހުންގެ މަސައްކަތަށް ހުރަސްނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުން އެމީހުން ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅަން މސައްކަތް ކުރުމުގެ ތުހުމަތުގައެވެ.
ހައްޔަރު ކުރި މީހުންގެ އިތުރުން ވެސް، އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އަންގާރަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް، އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީއާއި މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.
ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަން ވަނީ ހާމަކޮށްފައެވެ.