ޚަބަރު
ޤައިދީން ގުޅާނަމަ ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފި
ފޮޓޯ: ކަރެކްޝަންސް
ފަރުދުން
13 ޑިސެމްބަރު 2025، 04:18
13 ޑިސެމްބަރު 2025، 04:18
ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފިއެވެ.
ކަރެކްޝަނުން ވިދާޅުވީ އެ ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން އާންމު ފަރާތްތަކަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަންޖެހޭ ފިޔަވަޅުތައް ކަރެކްޝަނުން އަޅާނެ ކަމުގެ ޔަގީންކަން އެ ސަރވިސް އިން ދެއްވައެވެ.
(ނަންބަރު -167-KIUL/2025/01)
— Maldives Correctional Service (@CorrectionsMv) December 11, 2025
oneGov
ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ރިޕޯޓުކުރުމާ ގުޅޭ!
އިތުރު މަޢުލޫމާތު 👈 https://t.co/tdIBsHYVML pic.twitter.com/VGQOlHF5Xo
ކަރެކްޝަންސްއިން ވިދާޅުވީ އާންމު ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފައިސާގެ މުޢާމަލާތްތަކާއި ގުޅިގެން ނުވަތަ އެހެނިހެން ކަމަކާ ގުޅޭގޮތުން ކުރާ ފޯން ކޯލަކީ ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން ކުރާ ފޯން ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ ތިރީގައިވާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދޭކަމުގައެވެ.
https://one.gov.mv/entitties/MCS