ދުނިޔެ
ނަތަންޔާހޫ އާ ދެކޮޅަށް އިޒްރާއިލްގެ އެތައްހާސް ބަޔަކު މުޒާހާރާ ކޮށްފި
ނަތަންޔާހޫ އާ ދެކޮޅަށް މުޒާހަރާ ކުރަނީ
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިޒްރާއިލްގެ އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ އޮކްޓޯބަރު 7 ގެ "ފޭލްވުންތައް" ރަސްމީކޮށް ތަޙުޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވައިލުމަށެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްތީނުގެ ޖިހާދީ ޖަމާއަތްތަކުން އިސްރާއީލަށް ދިން "ޠޫފާނުލް އަޤްޞާ" ހަމަލާއަށް އިޝާރާތްކޮށް ބުނެވޭ ބަހެކެވެ.
ޤުދުސްގައި، މުޒާހަރާގެ ބައިވެރިން އެއްވެފައި ވަނީ ރައީސް އިސްޙާޤް ހާޒޫގް ދިރިއުޅޭ ތަނުގެ ކުރިމައްޗަށެވެ. އަދި ނެތަންޔާހޫއަށް މާފު ނުދިނުމަށް އެމީހުން ވަނީ ގޮވާލާފައެވެ. ޔައްފާ، ޙައިފާ އަދި ބީރުއްސަބައުގައި، ކުރިން މަރުވި އިސްރާއީލީންނާއި އަސީރުންގެ އާއިލާތަކުން ވަނީ މިކަމުގެ ޒިންމާދާރު ފަރާތްތައް ޖަވާބުދާރީ ކުރުވައި، އިޒްރާއިލްގެ ޔަހީދީންގެ މަސްލަޙަތާ ގުޅޭ ކަންކަމުގައި ފެއިލްވި ކަންކަމުގެ މައްސަލަ އިންސާފު ނުދީ ނިންމާނުލުމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އިޒްރާއީލުގެ ޢާންމު ސަލާމަތީ އިދާރާ (ޝާބާކް) ގެ ކުރީގެ ރައީސް ރޯނެން ބާރު ވެސް ވަނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ހަމަލާދީ، އޮކްޓޯބަރު 7 ގެ ފޭލްވުންތައް ރަސްމީކޮށް ތަޙުޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވައިލުމަށް ގޮވާލާފައެވެ.
ނަތަންޔާހޫ ވަނީ ރަސްމީ ތަޙުޤީޤު ކޮމިޓީއެއް އެކުލަވައިލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުންތަކަށް ދެކޮޅު ހައްދަވައި، ނޮވެމްބަރު 16 ގައި މިނިވަން އަދި ނުރަސްމީ ކޮމިޓީއެއް އެކުލަވައިލުމަށް ނިންމަވާފައެވެ. ޠޫފާނުލް އަޤްޞާ ހަމަލާގައި، ޙަމާސް ޖަމާއަތުން ވަނީ ޣައްޒާގެ ބޯޑަރު ކައިރީގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި ވަޒަންވެރިވެފައިވާ ތަންތަނަށް ހަމަލާދީ، އިޒްރާއިލްގެ ބައެއް މީހުން މަރާލައި އަދި އަސީރުކޮށްފައެވެ. ޙަމާސް އިން ބުނި ގޮތުގައި މިއީ "ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުޤައްދަސް ތަންތަނަށް، ޚާއްޞަކޮށް މަސްޖިދުލް އަޤްޞާއަށް، އަހަރުތަކެއް ވަންދެން އިސްރާއީލުގެ ޤަބޫލުކުރުންތަކުން ކުރަމުންދާ ޖަރީމާތަކަށް ދިން ރައްދެއް" ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ރިޝްވަތު، މަކަރާއި ހީލަތް އަދި އިތުބާރު ގެއްލުވާލުމުގެ ތުހުމަތުތަކުގައި ޝަރީޢަތް ހިންގަމުން ދާއިރު، އޭނާ ވަނީ އަބަދުވެސް އެއްވެސް ކުށެއް ނުކުރާކަމަށް ބުނެފައެވެ.
އޭނާ ވިދާޅުވަނީ މި ތުހުމަތުތަކަކީ ސިޔާސީ ބޭނުންތަކަށް ހިންގާ ކަންކަން ކަމަށާއި، ޝަރީޢަތުގެ ފިޔަވަޅުތައް ނިމޭއިރު އޭނާ ބަރީއަވެފައިވާކަން ސާބިތުވާނެ ކަމަށެވެ. ޖެރޫސަލަމް ޕޯސްޓް ނޫހުން ހާމަކުރި އެންމެ ފަހުގެ ސަރވޭއަކުން ދައްކާ ގޮތުގައި، އިޒްރާއިލްގެ ގިނަ ރައްޔިތުން ނަތަންޔާހޫއަށް ރިޔާސީ މާފު ދިނުމާ ދެކޮޅެވެ. އެމީހުން ދެކޭ ގޮތުގައި އޭނާގެ ސަރުކާރު ވަނީ ފަސާދައިގެ ތެރެއަށް ގެނބިފައެވެ.
ސަރވޭއިން ދައްކާ ގޮތުގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 50% މީހުން ރައީސް އިސްޙާޤް ހާޒޫގް ދީފާނެ އެއްވެސް މާފަކަށް ދެކޮޅު ހަދާއިރު، 41% މީހުން ދެކޭ ގޮތުގައި ނަތަންޔާހޫގެ މަޤާމުގައި ދެމިހުރުމަށް އެ މާފަކީ މުހިންމު ކަމެކެވެ. ނަތަންޔާހޫ ވަނީ މި މަހުގެ ކުރީކޮޅު، ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިނގަމުންދާ އޭނާގެ ޝަރީޢަތް ނިންމުމަށް ރިޔާސީ މާފަކަށް އެދި ރަސްމީކޮށް އިޒްރާއީލުގެ ރައީސްގެ އޮފީހަށް އެދިވަޑައިގެންފައެވެ.