ޚަބަރު
ބާރުގެ ބޭނުންކުރިގޮތުގެ ތަހުގީގެއް ކުރަން އަންގާފައެއް ނުވާނެ، ފުލުހުންނަށް ސާބަސް ދަންނަވަން - މިނިސްޓަރ އިޙްސާން
އަންހެނަކު ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވުން- ފޮޓޯ: ޕޮލިސް
ފަރުދުން
31 އޯގަސްޓު 2024، 05:46
31 އޯގަސްޓު 2024، 05:46
އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ ގުޅޭ މައްސަލައެއް ތަހުގީގުކުރަށް އަންގާފައި ނުވާނެ ކަމަށާއި، ފުލުހުން ކުރި ޚިދުމަތަށް ސާބަސް ދަންނަވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން "ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަނީ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ވިދާޅުވީ ފުލުހުން ކުރެއްވީ ހިތްވަރުގަދަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުން ރަހީނުކޮށްފައިވާ އަންހެން ކުއްޖެއް ސަލާމަތް ކުރެވުނު ކަމަށެވެ. އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވާ ކަމަށާއި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހުގީގު ކުރަން އަންގާފައެއް ނުވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މާފަންނު ގެއެއްގެ ތެރޭގައި ރަހީނުކޮށްފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ބޮޑު ޓީމެއް ބުރާސްފަތި ދުވަހުގެރޭ ހަރަކާތްތެރިވެފައިވެއެވެ. އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ދިއުމުން އެ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެގެން ގާތްވެއްޖެނަމަ މަރާލާނެކަމަށް ބުނެ ފުލުހުންނަށް ފިރިހެންމީހާ ވަނީ އިންޒާރުދީފައެވެ. ފުލުހުންނާއި އާންމުންވެސް ހަރަކާތްތެރިވަމުން ދަނިކޮށް އަންހެންމީހާ ރަހީނުކޮށްގެން ސައިކަލެއްގައި ގެންދަން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.
Mi ee Dhogu Vaahakaeh. Fuluhun kurehvvee hiyyvaru gadha masahkatheh. Fuluhunge masahkathun Raheenukohfaivaa anhen kuhjeh salaamaiyy kurevunu. Ekamah takaa fuluhunnah saabas dhannavan. Fuluhun baaruge beynun kurigoiyy thahugeegu kuran angaafai nuvaane. https://t.co/IDLiTWgdM9
— Minister of Homeland Security & Technology (@min_mohst) August 30, 2024
އޭނާ ފިލަން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހަކު މުގުރުން އޭނާގެ ގައިގާ ޖެހިވަގުތު ނަމަވެސް ފުލުހުންނާއި އެ ސަރަހައްދަށް އެއްވެފައިވާ މީހުންގެ އަވަސް އެހީތެރިކާމާއެކު އޭނާގެ ކިބައިން އަންހެންމީހާ ވަނީ ސަލާމަތްވެފައެވެ. އަންހެންމީހާއަށްވެސް ފިރިހެން މީހާއަށްވެސް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ފިރިހެން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަަމަށް މަޢުލޫމާތު ލިބެއެވެ.
އަންހެނަކަށް އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅެފައިވަނީ (އަހްމަދު އަތުހަރު، ހެޕީލޭންޑް/ށ. މިލަންދޫ) ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް އަދަބު ލުއިކޮށްދެއްވައި ދޫކޮށްލާފައިވާ މީހެއްކަމަށްވެއެވެ.