ދުނިޔެ

ތޫފާން 'ޑިޓްވާ'ގައި ގެއްލުންވި ކޮންމެ ރުކަކަށް ސްރީލަންކާ ސަރުކާރުން 10،000 ރުޕީސް ދެނީ

ތޫފާން 'ޑިޓްވާ'ގައި ގެއްލުންވި ކޮންމެ ރުކަކަށް ސްރީލަންކާ ސަރުކާރުން 10،000 ރުޕީސް ދެނީ

ތޫފާންގެ އަސަރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ޑިސެމްބަރު 2025، 06:56

14 ޑިސެމްބަރު 2025، 06:56

ބާރުގަދަ ތޫފާން 'ޑިޓްވާ' ގައި ގެއްލުންވި ކޮންމެ ރުކަކަށް ސްރީލަންކާ ސަރުކާރުން 10،000 ރުޕީސް އާއެކު ރުއްގަސް  ދިނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ކޮކޯނަޓް ކަލްޓިވޭޝަން ބޯޑުގެ ޗެއާރމަން، ޑރ. ސުނިމަލް ޖަޔަކޯޑީ ވިދާޅުވީ، އެ ޤައުމަށް އެރި ތޫފާނުގެ ސަބަބުން ރުއްގަހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، މި ގެއްލުންތަކުގެ ބަދަލު ދިނުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި، މިކަމާއި ގުޅުންހުރި މަޢުލޫމާތު ހުށަހެޅުމަށް ޢާންމުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ. 

ޗެއާރމަން އިތުރަށް ވިދާޅުވީ، ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން ކިލިނޮޗީގައި ހުންނަ ކޮކޮނަޓް ކަލްޓިވޭޝަން ބޯޑުގެ ރުއްގަސް އުފައްދާ ނާސަރީއެއްގައި ހުރި ގިނަ ޢަދަދެއްގެ ރުއްގަސް ފެނުއަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ރުއްގަސް އާލާކުރުމަށް ބޭނުންކުރާ ޚާއްޞަ ނާސަރީއެއްގައި ފެންބޮޑުވެ މުޅިން ހަލާކުވެފައިވާ ކަމަށާއި، އެ ގެއްލުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުސްތަޤްބަލުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ތޫފާނުގެ ސަބަބުން ހަލާކުވެފައިވާ ރުއްތަކުގެ ބަދަލުގައި އަލުން ރުއްގަސް އިންދުމުގެ ޙަރަކާތްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ތޫފާނާއި ފެންބޮޑުވުމުގެ ސަބަބުން ގުޅުންހުރި ސިނާޢަތްތަކަށް ލިބުނު ގެއްލުމުގެ އަގު 1،576 މިލިއަން ރުޕީސްއަށް އަރާނެ ކަމަށާއި، މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ 87 ރުއްގަހާއި ގުޅުންހުރި ވިޔަފާރިތަކުގެ ރިޕޯޓުތައް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން 'ޑިޓްވާ' ގައި އެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން