ރިޕޯޓް

ތަރައްޤީގެ މަޝްރޫޢުތަަށް ހުއްޓުމެއްނެތި ކުރިއަށް!

ތަރައްޤީގެ މަޝްރޫޢުތަަށް ހުއްޓުމެއްނެތި ކުރިއަށް!

ރ. ދުވާފަރު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 12:53

15 ޑިސެމްބަރު 2025، 12:53

މިއަހަރު ފެށިގެން ނިމުމާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތަށް ފެށިގެން ގޮސްފައި ވެއެވެ. އެގޮތުން ފުލުހުންގެ މަރުކަޒާއި، ފިޓްނަސްއެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ކައުންސިލް އިދާރާތަކުގެ އިތުރުން ޞިއްޙީ މަރުކަޒުގެ އައު އިމާރާތްތަކުގެ ބިންގާ އެޅުމުގެ މަޝްރޫޢުތަށް މިކަމުގެ ތެރޭގައި ހިމެނެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ، މިއަހަރު ބިންގާއެޅިގެންދިޔަ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ނިންމާ، މިއަހަރުތެރޭ ހުޅުވިގެން ދިޔަ ކަމެވެ.

އެގޮތުން ރ. މާކުރަތުގައި އަލަށް އިމާރާތް ކުރި ފުލުހުންގެ މަރުކަޒު ހުޅުވާފައިވަނީ އެގާރަމަސްދުވަހުގެ ތެރޭގައެވެ.  ރ. މާކުރަތު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މިކަމުގެ އިތުރުންވެސް ރައީސް ވަޢުދުވެވަޑައިގެން، ރަށްރަށުގައި ފެށްޓެވި މަޝްރޫޢޫތަކުގެ އަދާހަމައިން ފެންނަ މަންޒަރުގައި ގިނަ މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ ދެބައި ނިމިފައިވާކަން އެނގެއެވެ. އެގޮތުން މިހާރު ކުރިއަށްދާ ބައެއް މަޝްރޫޢުތަކަށް ބަލާލާއިރު، ނ. ވެލިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުގެ މަޝްރޫޢުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ފ. މަގޫދޫ ފިޓްނަސްއެންޑް ރެކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން އަޅާނިމި، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ހދ. ފިނޭ އަދި ހދ. ކުމުންދޫ ޕޮލިސް ޕޯސްޓުގެ ފައުންޑޭޝަން އަޅާނިމި، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ. 

މީގެ އިތުރުން، އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ލ. ފޮނަދޫ މަގުތަށް ތަރައްޤީކުރުމުގެ މަޝްރޫޢުުގެ 81 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ހަމައެހެންމެ ރާއްޖޭގެ އުތުރުން ދެކުނަށް ތަރައްޤީގެ މަޝްރޫޢެއް ކުރިއަށްނުދާ ރަށެއް ނެތެވެ. މި މަޝްެރޫޢުތަކުގެ ތެރޭގައި ޞިއްޙީ، ތަޢުލީމީ، ކުޅިވަރު އަދި ތިމާވެއްޓާ ގުޅުންހުރި މަޝްރޫޢުތައް ހިމެނެއެވެ. މިކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، މާލޭގައި ޚިދުމަތްތަށް ލިބެން ހުންނަވަރަށް އަތޮޅުތެރޭގެ ފެންވަރު ރަނގަޅުކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުން ކަމުގައެވެ. އެގޮތުން ކޮންމެ ޚިދުމަތެއް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުން ގެނެސްދެއްވުމަކީ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ހަމައެއާއެކު މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، އެކަން ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށްވެސް ސަރުކާރުން އިޢުލާނު ކުރެއްވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން