ދުނިޔެ / ޚަބަރު

ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި

ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި

އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ

farudhun logo

ފަރުދުން

16 ޑިސެމްބަރު 2025، 12:06

16 ޑިސެމްބަރު 2025، 12:06

ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމާއި ގުޅޭގޮތުން އިންޑިއާ އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވަނީ، އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް އިތުރު ކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.



އިންޑިއާގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވާގޮތުން މި މަޝްވަރާކުރެއްވީ ދެ ގައުމުގެ ސިފައިން އާންމުކޮށް ބާއްވަމުން އަންނަ "އެކަތަ" އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ބައްދަލުވުމެއްގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން