Ads by Exprox

ޚަބަރު

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދަނީ- ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

31 އޯގަސްޓު 2024، 05:52

31 އޯގަސްޓު 2024، 05:52

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. މީގެ ކުރިން އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ބުރާސްފަތި ދުވަހުގެ 11 ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި އެގޮތަށް އަމަލުނުކޮށްފިނަމަ އެ އުޅަނދުތައް ޓޯ ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.



ހުޅުމާލެ އަކީ ސާފުތާހިރު އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ހުޅުމާލޭ މަގުތަކުގެ ދުވާރުތައް މަތީގައި މޭޒުތައް ބަހައްޓައިގެން ދެމުން އައި ކެފޭތަކުގެ ހިދުުމަތްތައް އެޗްޑީސީން ވަނީ ހުއްޓުވާފަައެވެ. އެއާއެކު ފޭސް2 ގެ ބީޗް ސަރަޙައްދުގައި ގޮޅި ހަދައިގެން ގާޑިޔާގެ ވިޔަފާރިތައްވެސް ވަނީ ހުއްޓުވާފައެވެ. މިހާރު ވަނީ ރީތި ފެންވަރު ރަނގަޅު ހަޓްތަކެއް ޤާއިމްކޮށް ވިޔަފާރިއަށް ކުރިމަތިލުމުގެ ފުރުސަތު ފޭސް2ގައި ދިރިއުޅޭ މީހުންނަށް ހުޅުވާލާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco