Ads by Stelco

ޚަބަރު

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކަތަ - 8" ނިންމާލައިފި

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކަތަ - 8" ނިންމާލައިފި

"އެކްސަސައިޒް އެކަތަ - 8" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- އެމްއެންޑީއެފް

farudhun logo

ފަރުދުން

17 ޑިސެމްބަރު 2025، 11:54

17 ޑިސެމްބަރު 2025، 11:54

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ"ގެ 8ވަނަ ސިލްސިލާ، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. 
 
މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި ޑިސެންބަރު 16ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
  
އެމްއެންޑީއެފުން ވިދާޅުވީ، ނޮވެންބަރު 20އިން ޑިސެންބަރު 17ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގި މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ބައިވެރިވެފައިވާކަމުގައެވެ. 
 
މި އެކްސަސައިޒްގައި ކްލޯސް ކުއަރޓާ ބެޓަލް، ބްރީޗިންގ ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑަރ ވޯޓަރ ޑިމޮލިޝަން އަދި އެއަރ ޑައިވިން (ސަރފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ފަރިތަކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 
 
މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ ޝްރީ ޖީ ބަލަސުބްރަމަނިއަންއާއި، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް ތަރޫން ސޮބްތީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހިމާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450