Ads by Stelco

ޚަބަރު

ހދ. މަކުނުދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކަމިޝަންކޮށްފި

ހދ. މަކުނުދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކަމިޝަންކޮށްފި

ޓެސްޓުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ޑިސެމްބަރު 2025، 05:14

19 ޑިސެމްބަރު 2025، 05:14

ހދ. މަކުނުދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތްތައް ނިންމައި ކަމިޝަންކޮށްފިއެވެ.

ހދ. މަކުނުދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޤާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުން، އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމުގެ އިތުރުން، ސުވެޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބެހެއްޓުން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން