Ads by Stelco

ޚަބަރު

ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބާއްވަނީ

ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބާއްވަނީ

ޔޫތް ލީޑަރސް ފޯރަމް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ޑިސެމްބަރު 2025، 07:17

19 ޑިސެމްބަރު 2025، 07:17

ޤައުމީ ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ޔޫތު ކޮންފެރެންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސަކީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން ޖުމްލަ 93 ޒުވާނުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުން ކަމަށްވެސް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ކޮންފަރެންސްގައި ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން