Ads by Exprox

ޚަބަރު

އިންސާނީ ޚިދުމަތްތައް ކުރިއެރުވުމުގައި ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް

އިންސާނީ ޚިދުމަތްތައް ކުރިއެރުވުމުގައި ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް

މޯލްޑިވިއަން ރެޑް ކްރެސެންޓްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ހަފްލާ

farudhun logo

ފަރުދުން

31 އޯގަސްޓު 2024، 05:54

31 އޯގަސްޓު 2024، 05:54

އިންސާނީ ޚިދުމަތްތައް ކުރިއެރުވުމަށާއި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓާއެކު ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެވޯޑެއް ދީފިއެވެ. 

މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ފަރާތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޕާޓްނަރ ރިކޮގްނިޝަން އެވޯޑް އަރުވާފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ހަފްލާގައެވެ. 

އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ރެޑްކްރެސެންޓާއި އަދި އެހެނިހެން ފަރާތްތަކާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުހިންމު އެއް އަމާޒެވެ. 

އަދި އެވުޒާރާއިން ގެންދަނީ އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ޖަމުއިއްޔާ ޖަމާއަތްތަކާއި ގާތް ގުޅުމެއް އުފައްދާ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް ދެނެގަނެ ގުޅިގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco