Ads by Stelco

ޚަބަރު

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްގީކުރާ އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާރވޭ މަސައްކަތް ކުރަމުންދާ ޓީމު: ފޮޓީ- ކޮންސްޓްރަކްޝަން މިނިސްޓްރީ

farudhun logo

ފަރުދުން

22 ޑިސެމްބަރު 2025، 06:55

22 ޑިސެމްބަރު 2025، 06:55

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސާރވޭ އާއި ޑިޒައިން މަސައްކަތް ކުރަމުންދާ މިހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.



ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމް ރާއްޖެ އައިސްފައިވާކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މި ޓީމު ރާއްޖެ އައިސްފައިވަނީ ވިލިމާލޭގައި އިމާރާތްކުރާ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭ ހެދުމާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ކުރުމަށްކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން