ޚަބަރު
ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި
ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- ޞިއްޙީ ވުޒާރާ
ފަރުދުން
22 ޑިސެމްބަރު 2025، 07:52
22 ޑިސެމްބަރު 2025، 07:52
ގދ.ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.
ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގދ. ހޯނޑެއްދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތު pic.twitter.com/SFt6orVyNl
— Ministry of Health (@MoHmv) December 22, 2025
ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް އެކްސްރޭގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން ގިނަ ވަގުތު ޚިދުމަތް ލިބޭނެފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރުން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.