ކުޅިވަރު

ކޮމަންވެލްތުގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މުޖުތަބާ އިންތިޙާބުކޮށްފި

ކޮމަންވެލްތުގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް މުޖުތަބާ އިންތިޙާބުކޮށްފި

ކޮމަންވެލްތުގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުކުރި މުޖުތަބާ / ފޮޓޯ: ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

23 ޑިސެމްބަރު 2025، 06:25

23 ޑިސެމްބަރު 2025، 06:25

ކޮމަންވެލްތުގެ ހޭންޑްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސަކަށް، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ އިންތިޙާބުކޮށްފިއެވެ.

މުޖުތަބާ މި މަޤާމަށް އިންތިހާބުވީ، މިސްރުގައި ކުރިއަށްދިޔަ، ކޮމަންވެލްތު ހޭންޑްބޯލް އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރައްވައި، އިންޑިއާގެ އަދޭޝްވަރު ޕެންޑީއަށް ވުރެ މަޤުބޫލުކަން ހޯދައިގެންނެވެ.

މުޖުތަބާއަކީ ހޭންޑޯޅަ ރާއްޖޭގައި ތަޢާރަފްކުރުމުގެ މަސައްކަތުން ފެށިގެން، އަބަދުވެސް އެ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުން ފެނުނު ޚިދުމަތްތެރިއެކެވެ. އެގޮތުން  ހޭންޑްބޯލް މޯލްޑިވްސް އަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތު ދިނުމަށް ކުޅިވަރުގެ ޤައުމީ ކައުންސިލުން 2015 ގައި ނިންމިއިރު ވެސް އެސޯސިއޭޝަން ޖެނެރަލް ސެކްރެޓަރީ އަކަށް ހުރީ މުޖުތަބާއެވެ.

އަދި އޭގެ ފަހުން އޭނާ ވަނީ އެ އެސީސިއޭޝަންގެ ނައިބު ރައީސްގެ މަޤާމު ވެސް އަދާކޮށްފައެވެ.

މި ކުޅިވަރުން އެތުލީޓުންނަށް ބައިނަލްއަޤުވާމީ ތަޖުރިބާ ހޯދައިދިނުމަށާއި ކުޅިވަރުގެ އުމްރާނީ ތަރައްޤީގައި ވެސް މުޖުތަބާ ދައުރު ފުޅާކަން ފާހަގަކޮށްލެވެއެވެ. 

މުޖުތަބާގެ ރައީސްކަމުގައި ހޭންޑްބޯޅައިން ރާއްޖެ ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތެވެ. ބައިނަލްއަޤްވާމީ މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ މުބާރާތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450