ކުޅިވަރު

ހަމަޔަކަށް އެޅެމުން ދަނިކޮށް އިސާކްގެ ފައިގެ ކަށިކޮޅެއް ބިންދައިގެންގޮސް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

ހަމަޔަކަށް އެޅެމުން ދަނިކޮށް އިސާކްގެ ފައިގެ ކަށިކޮޅެއް ބިންދައިގެންގޮސް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

އިސާކްއަށް އަނިޔާވެފައި ވަނީ ވެން ޑަ ވީން ކުރި ފައުލަކާ ގުޅިގެން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ޑިސެމްބަރު 2025، 08:28

23 ޑިސެމްބަރު 2025، 08:28

ބޮޑު "ހާޖާނަކަށް" ފަހު ނިއުކާސްލް ޔުނައިޓެޑުން މި ސީޒަން ފެށުނު ފަހުން ލިވަޕޫލްއަށް ބަދަލުވި ސްވިޑްންގެ ސްޓްރައިކަރ، އެލެކްސެންޑަރ އިސާކްގެ ފައިގެ ކަށިކޮޅެއް ބިންދައިގެން ދިއުމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ކަންމިހެން ދިމާވިއިރު، ލިވަޕޫލްއަށް ބަދަލުވިފަހުން އިސާކްއަށް އަސްލު ކުޅުން ދައްކާލެވިފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް އަނިޔާވެފައި މިވަނީ، މަޑު މަޑުން ހަމަޔަކަށް އެޅެމުން ދަނިކޮށްކަން ފާހަގަ ކުރެވެއެވެ. 

އިސާކްއަށް ލިވަޕޫލްގެ ޖާޒީގައި ރަނގަޅު ކުޅުމެއް ނުދެއްކިގެން އުޅޭ ސަބަބެއްކަމަށް ބެލެވެނީ، ނިކުކާސްލްއިން އޭނާ ލިވަޕޫލްއަށް ދޫކޮށްލުމަށް އެއްބަސްނުވުމާ ގުޅިގެން ހިތްހަމަ ނުޖެހި، އެއްވެސް ޓީމަކާއެކު ޕްރީސީޒަންގެ ފަރިތަކުރުންތައް ނުގެންދެވުމުންނެވެ.

ލީގުގައި މިހާތަނަށް އެންމެ 2 ގޯލު ކާމިޔާބުކުރެވުނުއިރު، އޭނާއަށް އަނިޔާވީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައެވެ. އެ މެޗުގައި ވެން ޑަ ވީން ކުރި ފައުލަކާ ގުޅިގެން އިސާކްގެ ފައިގެ ކުޑަހުޅު ކައިރިން ވަނީ ކަށިކޮޅެއް ބިންދައިގެން ގޮސްފައެވެ. އެކަމާ ގުޅިގެން އޭނާގެ ފައި އޮޕަރޭޝަން ކުރީ ހޯމަދުވަހުއެވެ. 

އިނގިރޭސި ޕްރެމިއާ ލީގުގެ ރެކޯޑް އަގެއް ކަމަށްވާ 125 މިލިއަން ޕައުންޑަށް ނިއުކާސަލްއިން ލިވަޕޫލަށް ބަދަލުވި އިސާކްއަށް ދެން އަލުން ދަނޑަށް ނިކުމެވޭ ދުވަހެއް ޔަޤީނެއް ނޫނެވެ. ލިވަޕޫލުން ހާމަކޮށްފައިވާ ގޮތުގައި ޔަޤީނުން ވެސް މި ސީޒަނުގެ ބޮޑު ބައެއް އޭނާ އަށް ގެއްލޭނެއެވެ. 

އިސާކްއަށް އަނިޔާވުމަކީ މިވަގުތު ލިވަޕޫލްއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެއީ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާޙް އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް ގޮސްފައިވުމުންނެވެ. 

އިސާކްގެ މި އަނިޔާއާއާ ގުޅިގެން، ސަލާހް ލިވަޕޫލްގައި މަޑުކުރުވުމަށް އެ ޓީމުން ވަރަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް ޓީމުގެ ފުރަތަމަ އެގާރައިން ޖެހިޖެހިގެން ތިން މެޗުން ބާކީ ކުރުމާ ގުޅިގެން އެކަމާ ހިންހަމަ ނުޖެހި، ސަލާޙް ވަނީ މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450