Ads by Stelco

ޚަބަރު

ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ 'ލިޓް ފެސްޓް' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ 'ލިޓް ފެސްޓް' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ލިޓް ފެސްޓް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 01:56

23 ޑިސެމްބަރު 2025، 01:56

ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ 'ލިޓް ފެސްޓް' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސްޓިވަލް އަމާޒުކުރެވިފައި ވަނީ 14-20  އާއި ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާ ކަމަށެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން، ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނޭކަމަށް އެ  ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ޙަރަކާތްތަކަށް ހިނގާނެ ޚަރަދު އެ ވުޒާރާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. ހަމަ އެހެންމެ، އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް ވުޒާރާއިން ހޯދައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 25، 26 އަދި 27 ގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ މި ފެސްޓިވަލް އަކީ ޢާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ހަމަ އެއާއެކު، މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ ޢަދަދު ގިނަ ނަމަ، ފުރުޞަތު ލިބިގެންދާނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450