Ads by Stelco

ޚަބަރު

އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދީފައިވޭ: ފުލުހުން

އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދީފައިވޭ: ފުލުހުން

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް: ފޮޓޯ-- ދިވެހި ފުލުހުންގެ ޚިދުމަތް

farudhun logo

ފަރުދުން

23 ޑިސެމްބަރު 2025، 05:44

23 ޑިސެމްބަރު 2025، 05:44

މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4437257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. 

މާލޭގައި ހަރަކާތްތެރިވާ ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި އައު އަހަރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކާ، އެއްބަސްވެ އަދި ޤާނޫނާއި ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.

ފުލުހުން ވިދާޅުވީ ބުރިޖު އަދި ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355 ކަމަށާއި ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4437257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ނަގާދެވިފައިވާ ކަމަށެވެ. އަދި މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު %76.09 ގެ އިތުރުވުމެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މާލެއާއި ބުރިޖު އަދި ހައިވޭ ހިމެނޭހެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާގޮތުން ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނުއަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450