ޚަބަރު
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ރަންތަރިއަކަށް ޢާއިޝަތު ޝައިރީ އިބްރާހީމް!
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާޓް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަރުދުން
23 ޑިސެމްބަރު 2025، 07:09
23 ޑިސެމްބަރު 2025، 07:09
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ރަންތަރިއަކަށް ޢާއިޝަތު ޝައިރީ އިބްރާހީމް ހޮވިއްޖެއެެވެ.
"ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމޢިއްޔާއިން ކުރިއަށްގެންދިޔަ މި މުބާރާތުގައި ގަދަ ފަސް ބައިވެރިން ހޮވާފައިވެއެވެ. އެގޮތުން މުބާރާތުގެ ގަދަ ފަސް ބައިވެރިންނަށް އަގުހުރި އިނާމްތަކެއް ދީފައިވެއެވެ. އެގޮތުން އެއްވަނައަށް 25 ހާސް ރުފިޔާގެ ފައިިސާގެ އިނާމާއި ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ޢުމްރާ ދަތުރަކާއި އިތުރު އިނާމުތަށްވެސް ދީފައިވެއެވެ.
ހަމައެއާއެކު ދެވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ތިންވަނައަށް 5000 ރުފިިޔާގެ ފައިސާގެ އިނާމުގެ އިތުރުން އަގުހުރި ގިނަ އިނާމުތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން 4 އަދި 5 ވަނަ އަށްދިޔަ ބައިވެރިންނަށް 500 ރުފިޔާގެ ފައިސާގެ އިނާމާއެކު އިތުރު އަގުހުރި އިނާމުތަށް ދީފައިވެއެވެ.
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ފައިނަލް ރައުންޑަށް ދިޔަ 5 ބައިވެރިން:
1 ވަނަ - ރަންތަރި - ޢާއިޝަތު ޝައިރީ އިބްރާހީމް، ޕިންކްރޯސް، ނ. ހޮޅުދޫ
2 ވަނަ - ޝައިމް ބިންތު ޢައްބާސް، ޑްރީމީލައިފް، ނ. ހޮޅުދޫ
3 ވަނަ - މުޙައްމަދު ޒީކް ސިރާޖް، އިރާކުގެ، ނ. ހޮޅުދޫ
4 ވަނަ - ފާއިދާ ފުއާދު، ބިލެތްމާގެ، ނ. ހޮޅުދޫ
5 ވަނަ - ޙުސައިން ޢާރިޒް ރިޔާޒް، ރަންނާޅި، ނ. ހޮޅުދޫ

ޖުމްލަ 16 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދީފައިވަނީ ތަޖުރިބާކާރު އުސްތާޛުންނެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދީފައިވަނީ އަލްޤާރީ އިބްރާހީމް ޝަރީފު، އަލްޤާރީ އަލްއުސްތާޒް ޢަލީ ވަޙީދު އަދި އަލްޤާރީ ޢަލީ ސާލިމް ރަޝީދުއެވެ.
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަކީ ހޮޅުދޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލާފައިވާ މި މުބާރާތަކީ ބޭސް ޖަމްޢިއްޔާއިން ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.