Ads by Stelco

ޚަބަރު

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހައްޔަރުކުރި 8 މީހުން

farudhun logo

ފަރުދުން

24 ޑިސެމްބަރު 2025، 05:05

24 ޑިސެމްބަރު 2025، 05:05

ދިވެހި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.

 ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި  މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ ޢަބްދުއްލަޠީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ޙަސަން ޙަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ޙަލީމް (51އ) އާއި މއ. އައިރީ / މާލެ، ޢަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ، ޢާއިޝަތު ނަޘުމާ (44އ) އެވެ.

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) 5 ދުވަހަށް އަދި ދެންތިބި 7 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
 

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
އ

އަމާން

24/12/2025 17:24

ދިވެހި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ 7 އެޕާޓްމަންޓް ބަލައިފާސްކޮށްފައިވާކަމަށެވެ. މިހާރަކު ގޭންގެއް ނޯންނާނެ..އެކަމަކު ޙައްލަކީ ހަމަ ޢުމަރު ނަޞީރު.2028 ! ވޯޓްދީ.