Ads by Stelco

ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލްއެއް އިފްތިތާޙުކޮށްފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލްއެއް އިފްތިތާޙުކޮށްފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލް އިފްތިތާޙުކުރުން / ފޮޓޯ: ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ޑިސެމްބަރު 2025، 07:56

24 ޑިސެމްބަރު 2025، 07:56

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް ހަމަޖެއްސުމުގެ ގޮތުންނާއި، ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ. 

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ "އެޕްލިކަންޓް ޕޯޓަލް" އަކީ އެ މަރުކަޒުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެން ދިޔަ މަސައްކަތެކެވެ. 

މިކަމަށްޓަކައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު އިރުފާހުއެވެ. މި ރަސްމިއްޔާތުގައި މަރުކަޒު ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙުމަދުގެ އިތުރުން، މަރުކަޒުގެ ވެރިންނާއި ސުޓާފުން ބައިވެރިވިއެވެ. 

މި ޕޯޓަލް ތަޢާރަފްކުރެވުމާއެކު 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި ޕޯޓަލް މެދުވެރިކޮށެވެ. 

އަދި ޕޯޓަލްގައި ރެޖިސްޓަރވުމަށްފަހު ލޮގިންވުމުން، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކުގެ މަޢުލޫމާތު ބަލާލެވޭނެކަމަށް އެ މަރުކަޒުން ހާމަކުރެއެވެ. އަދި ކޯހަކަށް އެޕްލައިކުރުމަށްފަހު އެ ފޯމުގެ އެކި މަރުހަލާތަކުގައި ކުރިއަށް ދާގޮތް ޕޯޓަލްއަށް ލޮގިންވެގެން ބެލޭނެކަމަށް ވެސް އެ މަރުކަޒުން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން އެޕްލިކޭޝަން ފޯމެއް ރިޖެކްޓް ވެއްޖެނަމަ ނުވަތަ ކޯހަށް ހޮވުމުން އެސް.އެމް.އެސް އެއް މެދުވެރިކޮށް އެކަން އަންގާނެއެވެ.

މީގެއިތުރުން އެ ޕޯޓަލްގެ ޑޭޝްބޯޑުގައިވާ މެސެޖުކުރުމުގެ ޚިދުމަތް ބޭނުންކޮށްގެން ކޮންމެ ގަޑިއަކުވެސް މައްސަލަ ރިޕޯޓުކުރުމާއި މެސެޖުކޮށްގެން މަޢުލޫމާތު ސާފުކުރެވެން ހުންނާނެކަމަށް އެ މަރުކަޒުން ހާމަކުރެއެވެ. 

މި ޕޯޓަލްގެ އެޑްރެހަކީ https://portal.nchq.gov.mv އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450