Ads by Stelco

ޚަބަރު

ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗަކީ އެބައެއްގެ ތަރިކަ: ވަޒީރު އާދަމް ނަސީރު

ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗަކީ އެބައެއްގެ ތަރިކަ: ވަޒީރު އާދަމް ނަސީރު

ބ.ތުޅާދޫ ރައްޔިތުނާއި ރ. މީދޫ ރައްޔިތުން އެކުވެ އެކުވެރިކަމުގެ ޝުޢޫރު ފާޅުކުރުމާއި އަތާ އަތް ގުޅާލުމުގެ ހަރަކާތުގައި ވަޒީރު ބައިވެރިވެވަޑައިގަތުން

farudhun logo

ފަރުދުން

26 ޑިސެމްބަރު 2025، 03:39

26 ޑިސެމްބަރު 2025، 03:39

ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗަކީ އެބައެއްގެ ތަރިކަ ކަމަށާއި، ޤައުމެއް ދެމިއޮތުމުގައި ތަރިކަ މުހިންމު ދައުރެއް އަދާކުރާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ރ. މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޖާފަތް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދައިދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައެވެ. މިގޮތުން އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ގެނެސްދިނުން ކަމުގައިވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ، އެއްބަޔަކު އަނެއްބަޔަކާ ބަދަލުކުރައްވާ ވާހަކަތަކާއި، ހިއްސާކުރާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރައްވާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމުގައެވެ. އެގޮތުން އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތު، އެ ބައެއްގެ އަޚުލާޤު އަދި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަމުގައި ވަޒީރު ވިދާޅުވެފައިވެއެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެމަނިކުފާނުގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން އެންމެންގެ ހިތްތައް އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450