ޚަބަރު
ތަރިކައިގެ ދާއިރާއިން ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފަށާނެ: ވަޒީރު އާދަމް ނަސީރު
ވަޒީރު އާދަމް ނަސީރު
ފަރުދުން
28 ޑިސެމްބަރު 2025، 11:03
28 ޑިސެމްބަރު 2025، 11:03
ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުވެސް ހުޅުވާލިއެވެ. މިކަމާ ގުޅެގޮތުން ވަޒީރު އާދާމް ނަޞީރު ވިދާޅުވީ އެ ދާއިރާއިން ކިޔެވުމަށް 50 ސްކޮލަރޝިޕް ދީފައިވާކަމަށެވެ. އެއީ މާސްޓާސް ލެވަލްގެ ކޯސްތަކެއް ކަމާށާއި ކޯހުގެ ކިޔެވުން އަންނަ ޖަނަވަރީ މަހު އިސްލާމީ ޔުނިވަރސިޓީގައި ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ. މީގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގައި ކޮށްފައިވާ ހިރިގަލުގެ މަސައްކަތްތަކުގެ ފަންނުވެރިކަން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން މަސައްކަތް ކުރާތާ 14 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި އެކަމަކު އަދި ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އަލުން ފަށައި، އާ ދިރާސާތަކާއި އާ ހެކިތައް ހޯދުން މިހާރު ކުރިއަށް ގެންދާ ކަމަށާއި ކަމާ ގުޅޭ ލިޔުންތައް ކަމާ ބެހޭ ފަރާތަށް ކުރިއަށް އޮތް ޖެނުއަރީ މަހު ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.