Ads by Stelco

ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު ޢާއިލާތަކާ ޙަވާލުކުރެވިއްޖެ: ވަޒީރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު ޢާއިލާތަކާ ޙަވާލުކުރެވިއްޖެ: ވަޒީރު

ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޑިސެމްބަރު 2025، 04:26

29 ޑިސެމްބަރު 2025، 04:26

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އެކި ޢާއިލާތަކާ ޙަވާލުކުރެވިއްޖެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އެކި ހާލަތްތަކުގައި ޢާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ އެ ވުޒާރާއިން ފުރިހަމައަށް އަދާ ކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ކުދިން ގެންގުޅުނު ނަމަވެސް ޢާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ، އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއްކަމަށާއި، މިހާރު މިކަމުގައި އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ، ކުދިންނާއި ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުން ދިއުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ގެންދާ ކުދިން އެ އާޢިލާތަކުން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި މަސައްކަތާއިއެކު އަމާންވެށިތަކުގައި މިހާރުވެސް ގެންގުޅޭ ކުދިން އެތަނުން ނިމޭވަރަކުން މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އިންޓާންޝިޕް ފުރުޞަތު ހޯދައިދީ، އެކުދިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފުރުޞަތު ހޯދައިދެމުންދާ ކަމަށެވެ. އަދި މިކަމުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، ވުޒާރާއިން މިއަހަރު ކުރި މަސައްކަތުން 23 ކުދިންނަށް އިންޓާންޝިޕް ފުރުޞަތު ހޯދައިދީ، 40 ކުދިންނަށް އެކި ތަމްރީނުތައް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އިޖުތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. މި ޕްރޮގްރާމުގެ އިތުރުން އަމާން ވެށިތައް އިތުރަށް ތަރައްޤީކޮށް ކުދިންނަށް ފަހި ފުރުސަޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު، މިމަސައްކަތުގެ ތެރެއިން ފ. އަތޮޅުގައި އަމާންވެއްޓެއް ވަނީ ޤާއިމްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450