Ads by Stelco

ޚަބަރު

އައު އަހަރާ ގުޅިގެން ޑްރޯން ޝޯއާއި ހަވާއެރުވުމާއެކު، އިތުރު ގިނަ ޙަރަކާތްތަކެއް!

އައު އަހަރާ ގުޅިގެން ޑްރޯން ޝޯއާއި ހަވާއެރުވުމާއެކު، އިތުރު ގިނަ ޙަރަކާތްތަކެއް!

ހަވާއެރުވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 ޑިސެމްބަރު 2025، 04:58

30 ޑިސެމްބަރު 2025، 04:58

އައު އަހަރާ ގުޅިގެން ޑްރޯން ޝޯއާއި ހަވާއެރުވުމާއެކު، އިތުރު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަން ވިޒިޓް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝިއުރީއެވެ.

ޝިއުރީ ވިދާޅުވީ، އާ އަހަރާއި ދިމާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" އަކީ އެފަދަ ދެވަނަ އެޑިޝަން ކަމަށާއި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ފެސްޓިވަލް 3 ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މި ފެސްޓިވަލް މިއަދު ހަވީރު ފެށޭއިރު، އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު 16:00 އިން 18:00 އަށް އަދި 20:00 އިން 00:00 އަށް ކުރިއަށްދާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

އެކިއެކި ރޮނގުން އަޅުގަނޑުމެންނަށް ފެނިއްޖެ ވަރަށް ގިނަ ކާމިޔާބީތައް އަޅުގަނޑުމެންނަށް ލިބިގެންދިޔަތަން. އެގޮތުން ކުޅިވަރަށް ބަލާލިކަމުގައި ވިއަސް، ފަތުރުވެރިކަމަށް ބަލާލިކަމުގައިވިއަސް އަދި އެހެން ދާއިރާތަކަށް ބަލާލިކަމުގައި ވިއަސް ވަރަށް ގިނަ ކާމިޔާބީތައް ލިބިއްޖެ. އެހެންވެ އެކަން ޖުމްލަ ގޮތެއްގައި ފާހަގަކޮށް ހުރިހާ އާއިލާތަކާށާއި ހަމަ ކުދިންނަށް ބައިވެރިވެވޭ ކަހަލަ ގޮތަކަށް މި ފެސްޓިވަލް ކުރިއަށް ގެންދެވޭނީ.

ޝިއުރީ ވިދާޅުވިއެވެ.

 

މީގެ އިތުރުން ޝިއުރީ ވިދާޅުވީ، ދިވެހިންނަށް މިއަހަރު ކުރެވުނު އެކިއެކި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި ފެސްޓިވަލުގައި ކުޑަކުދިންނާއި ގުޅޭ އެކިއެކި ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި އުރީދޫ ފޯމް ރަން، ކާނިވާތަކާއި، ބިރުވެރި ހޮހޮޅައާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތައް ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ޝޯގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޑްރޯން ޝޯ ކަމަށާއި އެ ޝޯ މާދަމާ ރޭ 21:00 ގައި އޮންނާނެ ކަމަށް ޝިއުރީ ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް މުޅިން ވެސް އާ ކަންތައް ފެނިގެންދާނެ. މިއަހަރުގެ ޑްރޯން ޝޯގައި މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރެވޭ ކަމެއްކަން އަޅުގަނޑު ފާހަގަ ކޮށްލަން. ޕައިރޯ ޑްރޯން ޝޯ. އެ ޑްރޯންގަ ފަޔާ ވޯކްސް ހިމެނިގެންދާ ކަހަލަ ގޮތަކަށް ފެނިގެންދާނީ.

ޝިއުރީ ވިދާޅުވިއެވެ.

ހަމަ އެއާއެކު، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މާދަމާ ރޭ 00:00 ގައި ހަވާ އެރުވުން ވެސް އޮންނާނެ ކަމަށް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450