Ads by Stelco

ޚަބަރު

މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް ފަށައިފި

މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް ފަށައިފި

މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

31 ޑިސެމްބަރު 2025، 08:04

31 ޑިސެމްބަރު 2025، 08:04

މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް އަންގާރަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. 

މިއީ މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަށާއި އައު އަހަރަށް މަރުހަބާ ކިޔުމަށް ކުރިޔަށްގެންދާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލް އިންތިޒާމު ކުރަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. 

ޑިސެންބަރު 30ވަނަ ދުވަހުގެ ހަވީރުން ފެށިގެން 1 ޖެނުއަރީގެ ނިޔަލަށް ކުރިޔަށް ގެންދާ މި ފެސްޓިވަލްގައި ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއްވެސް ބަހައްޓާފައި ވެއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑްރޯން ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތްތަކާއި، ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދާނެއެވެ.

އައު އަހަރަށް މަރުހަބާ ކިޔުމަށް ކޮންމެ އަހަރަކުވެސް ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450