Ads by Stelco

ޚަބަރު

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާއަށް ވަޑައިގަންނަވާ ރައީސްގެ ޚާއްޞަ މަންދޫބަކީ ވަޒީރު ހައިދަރު

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާއަށް ވަޑައިގަންނަވާ ރައީސްގެ ޚާއްޞަ މަންދޫބަކީ ވަޒީރު ހައިދަރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

31 ޑިސެމްބަރު 2025، 09:57

31 ޑިސެމްބަރު 2025، 09:57

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ  ޚާއްޞަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ބަނގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ޚާލިދާ ޒިޔާ އަންގާރަ ދުވަހު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނގުލަދޭޝްގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި މެސެޖެއް ވެސް ޙިއްޞާ ކުރައްވާފައެވެ.



ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ވަޒީރު ޙައިދަރު ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑރ. މުޙައްމަދު ޔޫނުސާއި، ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްޖުމްހޫރިއްޔާ އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

 ޚާލިދާ މިދިޔަ މަހު ހޮސްޕިޓަލުގައި އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެންނެވެ. ނަމަވެސް ޚާލިދާއަށް ވަނީ ހިތުގެ މައްސަލަތަކާއި، ކިޑްނީގެ މައްސަލަތަކާއި، ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި، އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450