Ads by Stelco

ޚަބަރު

ފުއްޓަރު ފަރާތުން ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފުއްޓަރު ފަރާތުން ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖެނުއަރީ 2026، 01:28

01 ޖެނުއަރީ 2026، 01:28

ފުއްޓަރު ފަރާތުން ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ދުވާފަރަށް ނިސްބަތްވާ ދެ މީހަކާއި އެ އަތޮޅު މާކުރަތު މީހެކެވެ.

ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، ޢަބްދުﷲ ޙައްސާން (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، ޢަބްދުﷲ ޝާއިފް (25އ) އާއި ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުޙައްމަދު (21އ) އެވެ.

މީގެތެރެއިން ދެ މީހުންނަކީ ނ. ވެލިދޫއިން މަސްތުވާތަކެތި ހިފައިގެން ގޮސް ދުވާފަރަށް އެތެރެކުރަން އުޅުނު ބައެކެވެ. އެމީހުން ދުވާފަރަށް ދިޔައީ ލޯންޗެއްގައެވެ. އަދި ރަށަށް އަރަން މަސައްކަތްކުރީ ރަށުގެ ފުއްޓަރު ފަރާތުން މޫދަށް ފައިބައިގެން، ފަތާފައި ގޮހެވެ. 

އެވަގުތު ފުލުހުން އެމީހުން ހައްޔަރުކުރަން އުޅުމުން އެތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ދުވާފަރުގެ މަގުމަތިންނެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ޙައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450