Ads by Stelco

ޚަބަރު

ކ. ގުޅީގެ އަލަށް ހިއްކި ސަރަޙައްދު ފެހިކުރުމަށް 2000 ގަސް އިންދުމުގެ ޙަރަކާތެއް ފަށައިފި

ކ. ގުޅީގެ އަލަށް ހިއްކި ސަރަޙައްދު ފެހިކުރުމަށް 2000 ގަސް އިންދުމުގެ ޙަރަކާތެއް ފަށައިފި

ޙަރަކާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޖެނުއަރީ 2026، 05:12

01 ޖެނުއަރީ 2026، 05:12

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ރިޔާސީ މަޝްރޫޢުގެ ދަށުން، ކ. ގުޅީގެ އަލަށް ހިއްކި ސަރަޙައްދު ފެހިކުރުމަށް 2000 ގަސް އިންދުމުގެ ޙަރަކާތެއް ފަށައިފިއެވެ.

މި ޙަރަކާތަކީ، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި، ގުޅީ ކައުންސިލް، ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނަޢީމް، އަދި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭނަށް އެއްބާރުލުން ދިނުމާއި، ގުޅީގެ ތިމާވެށި ހިމާޔަތްކޮށް ރަށުގެ ހިއްކި ސަރަޙައްދަކީ ހިތްފަސޭހަ ފެހި ތަނަކަށް ހެދުމެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން މެންބަރު އަނާރާ ނަޢީމާއި، ރަށު ކައުންސިލްގެ އިސްވެރިން  ގަސް އިންދަވައިދެއްވާފައެއިވާ ކަމަށެވެ. އެގޮތުން، މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ޢަމަލީގޮތުން ބައިވެރިވަމުންދާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ހަރަކާތާއި ގުޅިގެން ގުޅީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި 2000 ގަސް އިންދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އަދި އިންދާ ގަސްތައް ބަލަހައްޓައި، ބޮޑުވަންދެން ފެންދީ ކުނިކަހައި ހެދުމުގެ އިންތިޒާމުތައްވެސް ކައުންސިލާއި މުއައްސަސާތައް ގުޅިގެން ރާވާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ

މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލްވުމަށްޓަކައި ރަށު ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450