Ads by Stelco

ޚަބަރު

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

އިސްލާމީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކޮށްފައިވާ ޕޯސްޓު

farudhun logo

ފަރުދުން

01 ޖެނުއަރީ 2026، 05:12

01 ޖެނުއަރީ 2026، 05:12

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2026 / 1447 ވަނަ އަހަރުގައި ޚުޠުބާ ލިޔުމަށް އާންމުން ބޭނުންވާ މައުޟޫޢު ހުށަހެޅުމަށް ހުޅުވައިލާ ކަމުގައެވެ. އެގޮތުން 2026 ވަނަ އަހަރުގައި އަޑު އެހުމަށް ބޭފުންވާ މައުޟޫޢުތައް އެ ޕޯސްޓުގެ ކޮމެންޓުގައި ލިޔުމަށް އެ ވުޒާރާއިން އެދިފައިވެއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުންނާ ގުޅުންހުރި ގިނަ އުފެއްދުންތަކާއި ލިއުންތައްވެސް ދަނީ ޝާޢިއު ކުރަމުންނެވެ.  ހަމައެއާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ އެކޝަން ޕްލޭނެއް ހަދާ، ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450