ދީން / ޚަބަރު

ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމުން ބެލެނިވެރިންނަށް އެކަމުގެ ސަވާބު ލިބޭނެ: ވަޒީރު ޝަހީމް

ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމުން ބެލެނިވެރިންނަށް އެކަމުގެ ސަވާބު ލިބޭނެ: ވަޒީރު ޝަހީމް

އިސްލާމީ އިސްލާމީ ކަންތައްތަކާބެހޭ ވޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

farudhun logo

ފަރުދުން

01 ޖެނުއަރީ 2026، 07:10

01 ޖެނުއަރީ 2026، 07:10

ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށް އެކަމުގައި ސަވާބު ލިބި، އެކުދިންނަށް ވެސް ﷲ ބަރަކާތް ލައްވާނެކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެެ.

ތުއްތު ކުއްޖަކު ގޮވައިގެން އުމްރާގެ އަޅުކަން އަދާކުރުމާ ގުޅޭގޮތުން ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ނެޕީ ޖައްސާ ތުއްތު ކުއްޖަކު ގޮވައިގެން އުމްރާކުރާ ނަމަ، ނެޕީ ހަޑިނުވެ ހުރި ނަމަ ޠަވާފް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ހަޑިވެފައި ހުރި ނަމަ ޠަވާފްގެ ކުރިން ސާފުކުރުމަށް ޠަވާފު ފަށާނީ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޠަވާފުގެ ތެރޭގައި ނެޕީ ހަޑިވުމަކުން އެއްވެސް ގެއްލުމެއްނެތް ކަމަށާއި، އެ ކުޑަކުއްޖާގެ ޠަވާފް ޞައްޙަވާނެ ކަމުގައެވެ.

ވަޒީރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ކަންކަން ދިމާވާގޮތުން ބެލެނިވެރިޔާއަށް ވަގުތު ނުލިބުމުގެ ސަބަބުން ސާފުކުރަން ދަތިވެ ހަޑިވެފައިހުރި ނެޕީއާއެކު ތުއްތު ކުއްޖަކު ގޮވައިގެން ޠަވާފު ކުރަން ދާން ޖެހުނަސް އެކުއްޖާގެ ޠަވާފް ޞައްޙަވާނެކަމަށެވެ. އަދި ބެލެނިވެރިޔާގެ މައްޗަށް ވެސް އެއްވެސް ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

"ސަބަބަކީ އެކުއްޖާއަކީ މުކައްލަފަކަށް ނުވުން. އެކުއްޖާ އިޙްރާމްގައި ހުރެ ކުރުން މަނާކަމަކާ ގުޅިގެން ވެސް އެކުއްޖާވެެސް ބެލެނިވެރިޔާވެސް އެއްވެސް ފިދުޔައެއް ދައްކާކަށް ނުޖެހޭނެ.
އިހްރާމް ފޭލި ކުޑަކުދިންގެ ސައިޒަށް ބުރިކޮށްފަ ހަދާފަ ހުރުމަކުން ވެސް މައްސަލައެއްނޫން.
ކުޑަކުދިން މައްކާ މަދީނާއަށް ގެންދިއުމާއި އަޅުކަންކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށް އެކަމުގައި ސަވާބު ހުރިކަމެއް. އެކުދިންނަށް ވެސް ﷲ ބަރަކާތް ލައްވާނެކަމެއް. އިންޝާ ﷲ."

ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ތުއްތު ކުދިން ގޮވައިގެން އުމްރާގެ އަޅުކަމަށް މީހުން ދާ އަދަދު ވަނީ އިތުރުވެފައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ޙައްޖު ޢުމްރާއަށް ތުއްތު ކުދިން ގޮވައިގެން ދިއުމަކީ އާންމުކަމެކެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450