Ads by Stelco

ޚަބަރު

ޝަރީއަތް ނިމެންދެން ސަނީ އުމަރު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ޝަރީއަތް ނިމެންދެން ސަނީ އުމަރު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސަނީ އުމަރު--

farudhun logo

ފަރުދުން

02 ޖެނުއަރީ 2026، 07:20

02 ޖެނުއަރީ 2026، 07:20

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އިސްފަރާތެއް ކަމުގައިވާ ސަނީ އުމަރު، ސަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާއި ޚިއްޞާކުރި މަޢުލޫމާތުގައި ބުނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މިއަދު އޭނާ ކޯޓަށް ހާޒިރުކުރީ، ބަންދުގައި ބެހެެއްޓުމަށް ކުރިން އަމުރުކުރި 30 ދުވަހުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ. 

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އެއް ކުއްޖެއްގެ އާއިލާގެ ފަރާތުންނެވެ.

ސަނީ އުމަރުގެ މައްސަލައާ ގުޅުވައިގެން، ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450