Ads by Stelco

ޚަބަރު

މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަނީ

މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަނީ

އިިމިގްރޭޝަނުން މީގެ ކުރިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން އެއްގެ ތެރެއިން: ފޮޓޯ- އިމިގްރޭޝަން

farudhun logo

ފަރުދުން

03 ޖެނުއަރީ 2026، 05:28

03 ޖެނުއަރީ 2026، 05:28

މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3 މީހުން ޑިޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ މާރާމާރީއާ ގުޅިގެން ޖުމްލަ ތިން މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އަލުން ދިވެހިރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލުމަށް ޓަކައި އިމިގްރޭޝަނާ ޙަވާލުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:30 ހާއިރު ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިނގައިފައި ވަނީ ޖެލީ ޕިއްޒާގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައެވެ.  މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު އެ ތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތަން ފެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450