Ads by Stelco

ޚަބަރު

2025 ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީ އަކަށް ޕީއެންސީ

2025 ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީ އަކަށް ޕީއެންސީ

ޕީއެންސީގެ ލީޑަރުން

farudhun logo

ފަރުދުން

04 ޖެނުއަރީ 2026، 10:23

04 ޖެނުއަރީ 2026، 10:23

2025 ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް ޕީއެންސީގައި 74،048 މެންބަރުން އެބަތިއްބެވެ. ދެން އެންމެ ގިނަ މެމްބަރުން ތިބީ، 43،784 މެމްބަރުންނާއެކު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، އެމްޑީޕީގައެވެ. 

ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކުރި އެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕީއެންސީ އަށް 13.31 މިލިއަން ރުފިޔާ، ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި އެމްޑީޕީ އަށް 8.45 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ އެވެ.



ނަމަވެސް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ، 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450