ޚަބަރު
ދިއްދޫ ބިންހިއްކާ، އެއާޕޯޓް އެޅުމުގެ މަޝްރޫޢާއެކު ރަށުގެ އިޤްތިޞާދު ތަންމިނަށް ހުޅުވިގެންދާނެ: ޝަރީފް
ބިންހިއްކުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ؛ އެމްއޭސީއެލް
ފަރުދުން
06 ޖެނުއަރީ 2026، 12:07
06 ޖެނުއަރީ 2026، 12:07
ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިޤްތިޞާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށާއި ކުރެވޭނެ ކަންތައްތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީއީއޯ ވިދާޅުވީ ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމުގައެވެ.
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު މިހެން ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީއީއޯ ޝަރީފް އިތުރަށް ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރުވެސް އެއް ވަގުތެއްގައި ބިން ހިއްކުމުގެ ބޮޑު ތިން މަޝްރޫއުއެއް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އެ މަޝްރޫއުތައް ދީފައިވާ ތާރީޚަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, މި މަޝްރޫއު ހަވާލުކުރެއްވުމަށްފަހު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމަށެވެ. އެގޮތުން ރައީސްގެ އިރުޝާދުފުޅާއެކު ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެސްފައިވާ "ލީވް އެރިކްސަން" އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ފާހަގަކުރެއްވިއެވެ.
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ދިއްދޫ ބިން ހިއްކައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އާއެކު ރަށުގެ އިގުތިސާދު ތަންމިނަށް ހުޅުވިގެންދާނެ ކަމަށާއި ކުރެވޭނެ ކަންތައްތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ދިއްދޫއަކީ މި ސަރަހައްދުގެ ސެންޓަރަކަށް ހެދުމަށް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދިއްދޫގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.