Ads by Stelco

ޚަބަރު

ހޯމް ނަރސިން ކެއަރގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ހޯމް ނަރސިން ކެއަރގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ނަރުހުން ބަލިމީހަކަށް ފަރުވާދެނީ- ފޮޓޯ- އައިޖީއެމްއެޗް

farudhun logo

ފަރުދުން

06 ޖެނުއަރީ 2026، 01:03

06 ޖެނުއަރީ 2026، 01:03

ހޯމް ނާސިން ކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެެ.

އައިޖީއެމްއެޗުން ބުނީ އެ ޚިދުމަތް ފެށުމާ އެކު، އައިޖީއެމްއެޗުގައި ބާއްވައިގެން ފަރުވާދޭ މީހުންގެ ތެރެއިން ގެއަށް ދޫކޮށްލުމަށް ފަހު އެމީހުންގެ ހާލަތަށް ބަލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ޓީމަކުން ޒިޔާރަތް ކުރާނެ ކަމަށެވެ.  އެގޮތުން ނަރުހުންގެ ޓީމުން ބަލިމީހާ ގެއައް ދޫކޮށްލުމުން 2 ދުވަސްތެރޭގައި 3 ފަހަރު މަތިން ގެއަށް ޒިޔާރަތްކުރާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ. 

އައިޖީއެމްއެޗުން ބުނީ އެ ހިދުމަތް ފެށުމުގެ މައިގަނޑު ބޭނުމަކީ ބަލި މީހުން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު، އަނބުރާ ހޮސްޕިޓަލަށް ވަރަށް އަވަހަށް ގެންދަން ޖެހޭ ފަދަ ހާލަތްތައް ވެސް ކުރިމަތިވާތީ ކަމަށެވެ. އެހެންނަމަވެސް ހޯމްނާރސިން ކެއަރގެ ޚިދުމަތާއެކު ބަލިމީހާ ހޮސްޕިޓަލަށް ގެންނަންޖެހޭ ޖެހުން މަދުކޮށް ގޭގައި ބާއްވައިގެން ފަރުވާކުރެވޭނެކަމަށް ބުނެފައިވެއެވެ.

އައިޖީއެމްއެޗުން މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު އަމާޒަކީ އަންނަ ރޯދަމަހުގެ ތެރޭގައި ނުވަތަ ރޯދަމަސް ނިމުމުން އެ ޚިދުމަތް ފެށުމެވެ. އެގޮތުން އެ ޚިދުމަތާ ގުޅޭ ޕްލޭންތަކާއި ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450