ޚަބަރު
އދ. މާމިގިލީ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ
އދ. މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މާމިގިލީގެ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި، މާމިގިލީ ކައުންސިލްގެ ރައީސް އާއި، ކައުންސިލްގެ މެންބަރުންގެ އިތުރުން ބައެއް ރައްޔިތުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
އދ. މާމިގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ވަނީ ފެށިފައެވެ.
— Ministry of Construction, Housing & Infrastructure (@MoCImv) January 6, 2026
މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
އަރިހުގައި އާރ.ޑީ.ސީ ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް… pic.twitter.com/CUVtga7SRc
މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އާރުޑީސީ އަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކުރަމުންދާ ކުންފުންޏެކެވެ. ޒަމާނީ ފެންވަރަށް މަގުހެދުން ފަދަ މުހިންމު މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިޤްތިޞާދީ ކުރިއެރުން ލިބިފައިވެއެވެ.
މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.