ޚަބަރު
އެމްއެމްއޭގެ ވެރިއެއްގެ މައްޗަށް ތުހުމަތުކުރި ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަޙުޤީޤު ފަށައިފި
ޖިންސީ ފުރައްސާރައިގެ މައްސަލަ ތުހުމަތުކޮށްފައިވާ އިސްމާއިލް ސާޖިދު---
ފަރުދުން
07 ޖެނުއަރީ 2026، 08:55
07 ޖެނުއަރީ 2026، 08:55
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔާ، އިސްމާއިލް ސާޖިދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަޙުޤީޤު ފުލުހުން ފަށައިފިއެވެ.
ފުލުހުން މި މައްސަލަ ބަލަން ފެށިއިރު، މިދިޔަ މަހުގެ 25ވަނަ ދުވަހުން ފެށިގެން މި މައްސަލައާ ގުޅިގެން ސާޖިދު ހުރީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
މި މައްސަލަ ފެންމަތިވީ، މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތް އެ މައްސަލަ އެމްއެމްއޭއަށް ހުށަހެޅުމުންނެވެ. އެއީ އެފްއައިޔޫގައި މަސައްކަތްކުރަމުންދާ އަންހެން މުވައްޒަފެކެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހު އެފްއައިޔޫގެ ވެރިއަކަށް ހަމަޖެއްސުމުގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ސާޖިދުގެ މައްޗަށް ކުރިޔަށްދާ މި ތަޙުޤީޤާ ގުޅިގެން ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެ ތަނުގެ އިސްވެރިޔާގެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.