ޚަބަރު
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީން
ފަރުދުން
07 ޖެނުއަރީ 2026، 11:26
07 ޖެނުއަރީ 2026، 11:26
މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ފުލުހުން ވިދާޅުވީ، މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) އާއި ސުމަން އަދިކަރި ، ނޭޕާލް (26އ) އާއި މޮޒައްމެލް، ބަންގްލަދޭޝް (43އ) އާއި ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) އާއި ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެވެ.
ފުލުހުން ވިދާޅުވީ މި އެންމެން ވެސް މިހާރު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށެވެ.