Ads by Stelco

ޚަބަރު

1000އަށް ވުރެ ގިނަ އެޕާޓްމެންޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފި

1000އަށް ވުރެ ގިނަ އެޕާޓްމެންޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފި

އެފްޑީސީސިން ތަރައްޤީކޮށްފައިވާ އެޕާޓްމެންޓުތައް / ފޮޓޯ: ޓީއެމްޖޭ

farudhun logo

ފަރުދުން

07 ޖެނުއަރީ 2026، 09:18

07 ޖެނުއަރީ 2026، 09:18

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 1،055 އެޕާޓްމަންޓުގެ ތަޅުދަނޑި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއެސްއާ ވާހަކަފުޅު ދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އެގްރީމަންޓުތަކުގައި ސޮއިކޮށް، ޑިޕޮޒިޓް ދައްކާފައިވާ އެންމެނަށްވެސް މިހާރު އެޕާޓްމަންޓުގެ ތަޅުދަނޑި ލިބޭނެ ތާރީޚު އެ ކުންފުނީގެ ފަހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.  އެގޮތުން 2،349 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރަން ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވާތީ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލް ކުރާ ތާރީޚަށް، ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ މީހުންނަށް ލުއިތަކެއް ފަހިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް އެހެން ތާރީޚަކަށް އެދުމާއި ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އަމާން އުދަރެސް އަދި އަމާން ދޯދިން އެޕާޓްމަންޓު ލިބިފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުންނެވެ. މި އެޕާޓްމަންޓުތައް ލިބުނު ފަރާތްތަކުގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް އަގުތަކަށް ބަދަލު ގެންނަވާފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭނީ މިހާރު ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450