ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ބެޗް 2 ގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުން: ފޮޓޯ- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ފަރުދުން
08 ޖެނުއަރީ 2026، 01:06
08 ޖެނުއަރީ 2026، 01:06
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
'ޖޮބް-ރެޑިނަސް ޕްރޮގްރާމް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރު އިތުރުކުރަން ބޭނުންވެފައިވާކަން ފާހަގަކުރެވި، މި ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން، މި ފަރާތްތަކަށް ބޭނުންވާ އަސާސީ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗް 26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާރު، މި ބެޗު ކާމިޔާބުކަމާއިއެކު 12 ފަރާތަކުންވަނީ ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ދެވަނަ ބެޗް 5 މެއި އިން 2 ނޮވެމްބަރ 2025 ގެނިޔަލަށް ކުރިއަށް ގެންގޮސްފައިވާރު، 10 ފަރާތަކުން ވަނީ ކާމިޔާބުކަމާއިއެކު ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.
— Ministry of Social and Family Development (@MSFDmv) January 8, 2026
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް… pic.twitter.com/NDtta38SHT
މީގެ ތިންވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާގައި ހިމަނާފައިވާ ލިންކް އަދި ކިއު އާރް ކޯޑް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެއެވެ. 6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު 12 ޖެނުވަރީ 2026 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7206558 ނަންބަރުން ވައިބަރ މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި 1433 ކޯލްސެންޓަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.