ޚަބަރު
ގދ. ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ %83 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ގދ. ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ %83 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ވިދާޅުވީ، ގައްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަސައްކަތަށް ބޭނުންވާ ހިލައިގެ ފަހު ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާއިރު، މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާ އަދި ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ގައްދޫ ބަނދަރުގެ 13،498 ކިއުބިކް މީޓަރު ސަރަޙައްދަކާއި ބަނދަރަށް އިތުރު ކުރެވޭ ބައިގެ 9،519.20 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރަން ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު، 232 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ނެވިގޭޝަން ދެ ލައިޓް ހަރުކޮށް، 25 މޫރިން ބޮއި ހަރުކުރުމުގެ އިތުރުން 1600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
Project Update: Design and Build of Gdh. Gadhdhoo Harbor Reconstruction
— MTCC Plc (@MTCCPlc) January 8, 2026
We have delivered the last shipment of rocks to the site. Construction of breakwater and jetty are in progress. Overall project progress is 83.60%
Follow more updates at: https://t.co/SfVAzkW2pp… pic.twitter.com/zxJatAxos3
މީގެ އިތުރުން، މި މަޝްރޫގެ ދަށުން ގައްދޫގައި 16 މަގުބައްތި ހަރުކޮށް ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިއީ 38.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.