Ads by Stelco

ޚަބަރު

ހައިކޯޓުން ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ޙަސަން ޝަފީޢު އިންތިޙާބުކޮށްފި

ހައިކޯޓުން ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ޙަސަން ޝަފީޢު އިންތިޙާބުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢު---

farudhun logo

ފަރުދުން

08 ޖެނުއަރީ 2026، 09:17

08 ޖެނުއަރީ 2026، 09:17

ހައި ކޯޓުން ޖުޑީޝިއަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަނޑިޔާރު ޙަސަން ޝަފީޢު މިއަދު އިންތިޙާބުކޮށްފިއެވެ.

މިއީ ޖޭއެސްސީގައި ހައިކޯޓު ފަނޑިޔާރެއްގެ ގޮތުން އެ މަޤާމު ފުރުއްވި އެ ކޯޓުގެ އޭރުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ޚިދުމަތުން މުސްކުޅި ކުރެއްވުމާ ގުޅިގެން ހުސްވެފައިވާ ސްލޮޓެކެވެ.

އެ މަޤާމަށް ޙަސަން ޝަފީޢު އިންތިޙާބުކުރެއްވިގެން ޖޭއެއްސީއިން ހާމަކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.



ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ.  އެގޮތުން މިހާރު އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ: 

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް – އަބްދުއްރަޙީމް އަބްދުﷲ 
  • ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން - ޙުސައިން ޝަޙީދު
  • ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ ތެރެއިން - ޙަސަން ޝަފީޢު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން - ފަރުހާދު ރަޝީދު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު - މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް (ކޮމިޝަންގެ ރައީސް)
  • ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް - މުޙައްމަދު މުޖުތާޒު ފަޙުމީ
  • ރައީސް އައްޔަން ކުރައްވާ މެންބަރު - މުޙައްމަދު ޔަޒުމީދު
  • ބަންޑާރަނައިބު - އަޙްމަދު އުޝާމް 
  • ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރު - ޢަލީ އަބްދުއްލަތީފް

އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު - އިދުރީސް ފައުޒީ
މީގެއިތުރުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި 2026 ވަނަ އަހަރު ހައިކޯޓުން ބައިވެރިވެވަޑައިގަންނަވާނީ ފަނޑިޔާރު އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ކަމުގައި ވެސް ހައި ކޯޓުން ވަނީ މިއަދު އިޢުލާންކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450