ޚަބަރު
ބޭރުމަގުގެ ދެވަނަ ސެގްމަންޓް: 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިއްޖެ
ބޭރުމަގުގެ ދެވަނަ ސެގްމަންޓް މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: އެމްޓީސީސީ
ފަރުދުން
10 ޖެނުއަރީ 2026، 05:57
10 ޖެނުއަރީ 2026، 05:57
މާލޭގެ ބޭރު މަގުން ބާޒާރުމަތީ ސަރަޙައްދުގެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމަގުގެ ދެވަނަ ސެގްމަންޓްގައި 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިފައިވާކަމަށް މިމަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއާއެކު، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މި މަސައްކަތުގެ ތެރެއިން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
The second segment of the Malé Northside Boduthakurufaanu Road Development Project is progressing steadily.
— MTCC Plc (@MTCCPlc) January 10, 2026
Currently, sheet piling works are ongoing, with 48 m completed. Reclamation works are also underway. Additionally, pedestrian lane paving has begun, while sewer and water… pic.twitter.com/lqIn6VX3Da
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު ޤާއިމުކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޖުމުލަ އަގަކީ 144.6 މިލިއަން ރުފިޔާއެވެ. 455 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން މަގުގެ އުތުރު ފަރާތުން ފުޅާކޮށް 4 ލޭނު ބިނާކުރާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަޙައްދާއި ޖެހެންދެން 830 މީޓަރުގެ ދިގުމިން ހުންނަ ސަރަޙައްދެއްގައި ތާރު އަޅާނެއެވެ.
މާލޭގެ މާރުކޭޓު ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ. މުޅި މި މަޝްރޫޢުގައި ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައިން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.