ޚަބަރު
މިލަންދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭ ޚިދުމަތް ފެށުމަކާ ގާތަށް
މިލަންދޫ އެކްސްރޭ ރޫމް މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ފޭސްބުކް
ފަރުދުން
10 ޖެނުއަރީ 2026، 06:13
10 ޖެނުއަރީ 2026، 06:13
ށ.މިލަންދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭ ޚިދުމަތް ފެށުމަށްޓަކައި ތަރައްޤީކުރަމުންދާ އެކްސްރޭ ރޫމްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުމަށް މިހާރު ވަނީ ތައްޔާރު ވެފައެވެ.
ޞިއްޙީ މަރުކަޒުތަކުގައި މިފަދަ ޚިދުމަތްތައް ފެށިގެން ދިއުމަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެވެ. އެއީ އެކްސްރޭގެ ޚިދުމަތަކީ، ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބައެއް ބަނޑުގެ މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުން، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތައް ލިބިގެންދާނެ ކަމެއްކަމަށް ވުމެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި މަސައްކަތުގެ ދަށުން ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް އެކްސްރޭގެ ޚިދުމަތް ދިނުމަށް ވަނީ ފަށާފައެވެ.