ޚަބަރު
ފުނަދޫއަށް ޓެސްޓް ފްލައިޓަށްފަހު، އެންމެ ފުރަތަމަ ވެސް ރޭގަނޑު ޖެއްސީ އެއާ އެންބިއުލެންސް
ފުނަދޫއަށް ޓެސްޓް ފްލައިޓަށްފަހު، އެންމެ ފުރަތަމަ ރޭގަނޑު ޖެއްސި އެއާ އެންބިއުލެންސް- ފޮޓޯ: ސޯޝަލް މީޑިއާ
ފަރުދުން
10 ޖެނުއަރީ 2026، 07:01
10 ޖެނުއަރީ 2026، 07:01
ށ ފުނަދޫއަށް ޖެއްސި ޓެސްޓް ފްލައިޓަށްފަހު، އެންމެ ފުރަތަމަ ވެސް ރޭގަނޑު އެ އެއަރޕޯޓަށް ޖައްސާފައިވަނީ އެއާ އެންބިއުލެންސްއެކެވެ.
ށ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއަރޕޯޓަކީ ފުނަދޫ އެއަރޕޯޓެވެ. މި އެއަރޕޯޓަށް ރޭގަނޑު ފްލައިޓްތަށް ޖެއްސޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްއެދި އެރަށުގެ ރައްޔިތުން ނިމިދިޔަ ވެރިކަމުގައިވެސް ސަރުކާރުގައި އެދިފައިވެއެވެ.
ނަމަވެސް ފަސްއަހަރުންވެސް މިކަން ނުކުރެވި ވަނިކޮށް 2025 ނިމުމުގެ ކުރިން އެ ރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، އެ އަހަރުގެ އޮކްޓޫބަރު މަހު އެ ރަށަށް ކުރެއްވެވި ޒިޔާރަތުގައެވެ. އެގޮތުން އެ އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް ޑިސެމްބަރު 31ގައި ޓެސްޓް ފްލައިޓެއް ޖައްސާފައިވެއެވެ. އެއަށްފަހު މި އެއަރޕޯޓަށް އެންމެ ފުރަތަމަވެސް ޖައްސާފައިވަނީ ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށް މި ސަރުކާރުން ފަށާފައިވާ އެއަރ އެމްބިިއުލަންސްއެވެ.
ފުނަދޫއަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖެއްސުމަށް ފަހު، ދެން އެންމެ ފުރަތަމަ ވެސް ރޭގަނޑު މި ޖެއްސީ އެއާ އެންބިއުލެންސް. މިއީ ފުނަދޫގެ ރައްޔިތުން އެދިގެންވެސް އެމްޑީޕީގެ 5ވއަހަރުންވެސް ކޮށް ނުދެވުނު ކަމެއް.@Mamdooh_Yoonus @MMuizzu 🙏🙏👍👌 pic.twitter.com/WChjCGLv9x
— Suwaidha Hussain (@SuwaidhaHussai1) January 9, 2026
ށ. ފުނަދޫ އެއަރޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރު ގައެވެ. ށ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއަރޕޯޓަކީ ފުނަދޫ އެއަރޕޯޓެވެ. ފުނަދޫގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ.