ދީން / ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބިފައިވޭ

ޒަކާތް ބަލައިގަންނަނީ

farudhun logo

ފަރުދުން

10 ޖެނުއަރީ 2026، 08:01

10 ޖެނުއަރީ 2026، 08:01

ނިމުނު 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107,205,043 ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 102،281،507 ރުފިޔާއެވެ. މިއީ %4.8 އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، ޑިސެމްބަރ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައިވެސް ޒަކާތުގެ ނިސާބަށް ބަދަލު ގެނެއެވެ. މިހާރު ބާޒާރުގައި ރިހީގެ އަގު ގްރާމަކަށް 32.82 ރުފިޔާގައި ހުރިއިރު، ރަނުގެ އަގު ހުރީ ގްރާމަކަށް 2,149.39 ރުފިޔާގައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450