Ads by Stelco

ޚަބަރު

ސްޓެލްކޯގެ އެމްޑީގެ މަޤާމުން ވަކިކުރި ޝަމާޙާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެސީސީއަށް

ސްޓެލްކޯގެ އެމްޑީގެ މަޤާމުން ވަކިކުރި ޝަމާޙާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެސީސީއަށް

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަމާޙް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 01:32

12 ޖެނުއަރީ 2026، 01:32

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

 ޝަމާޙްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައިވާކަން އޭސީސީން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

އޭސީސީން ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވާކަން ޔަޤީންކޮށްދިން ނަމަވެސް، އެ މައްސަލައިގެ ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޝަމާޙް ރަޝީދު ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިއްޔެ ވަނީ އިޢުލާނުކޮށްފައެވެ.

މަޤާމަށް އައްޔަން ކުރިތާ އެންމެ 4 މަސް ދުވަހުގެ ތެރޭގައި ޝަމާޙް ވަކިކޮށްފައިވާއިރު، އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ ރެކޯޑިންގއެއް މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ އޯޑިއޯގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވާހަކަދައްކާ އަޑު އިވޭއިރު، ޝަމާޙް ވަނީ އެއީ ސައްޙަ އޯޑިއޯއެއް ނޫން ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މީގެ ކުރިން މިފްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި ދުވަސްވަރުވެސް ޝަމާޙްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، މަސްއޫލިއްޔަތުތަކުން ދުރުކުރުމަށްފަހު މަޤާމުން ވަކިކޮށްފައިވެއެވެ. މިފްކޯގައި ހުރި އިރު ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް މީގެ ކުރިން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.

ޝަމާޙް މަޤާމުން ވަކިކުރުމާ ގުޅިގެން، ސްޓެލްކޯ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450